މިދިޔަ ބުދަ ދުވަހު މާލޭގައި މީހަކު މަރުވާން މެދުވެރިވި ނުރައްކާތެރި އެކްސިޑެންޓަށްފަހު އެތަނުގައި މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އެ ރޭ 10:00 ހާއިރު އެވެ. އެ އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން މީހާ އަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

އެކްސިޑެންޓުވުމަށް ފަހު ސައިކަލު ދުއްވަން އިން މީހާ އެތަނުގައި މަޑުނުކޮށް ދުއްވާފައި ގޮސް ފިލީއެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެމީހާގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 17:00 ގައެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.