ފާއިތުވި 24 ގަޑިއިރު ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 710 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަަޑިއިރު ނެގި 5،310 ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 710 މީހެކެވެ. މިއީ އިއްޔެ ރާއްޖެއިން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 70 ކޭސްގެ މަދުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ، 780 މީހުންނެވެ.

މިއަދު ޕޮޒިޓިވްވްވި ކޭސްތަކުގެ ތެރޭގައި މާލެ ސިޓީން ފެނުނު ކޭސްތަވެސް ވަނީ ނިސްބަތުން މަދުވެފައެވެ. އެގޮތުން މާލެ ސިޓީން މިއަދު ޕޮޒިޓިވްވީ 488 އެވެ. މިއީ، އިއްޔެ މާލެ ސިޓީން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 83 ކޭސްގެ މަދުވުމެކެވެ. އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވެފައިވަނީ، 571 މީހުންނެވެ.

ރަށްތަކުން 202 މީހަކު އަދި ރިސޯޓުތަކުން ފަސް މީހަކު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް 64،396 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 40،117 މީހުންނެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 803 މީހުން ވެސް ހިމެނެ އެވެ.

ބަލި ޖެހިފައި އަދިވެސް 24،109 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 204 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އިއްޔެއާ އަޅާބަލާއިރު، އެކްޓިވް ކޭސް އަދި ހޮސްޕިޓަލުގައި ތިބި މީހުންގެ އަދަދު ވެސް މިއަދު ވަނީ ދަށަށް ގޮސްފަ އެވެ.

މިއަދު ކޮވިޑް ޖެހިގެން ރާއްޖެއިން ތިން މީހަކު މަރުވެފައިވާއިރު، އާއެކު ބަލީގައި ޖުމްލަ 161 މީހަކު ވަނީ މަރުވެފައެވެ.

ވެކްސިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު 371 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 1،309 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އެއާއެެކު ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު ވަނީ 309،815 އަށް އަރައިފަ އެވެ. އަދި ދެވަނަ ޑޯޒް ޖެހި ޖުމްލަ މީހުންގެ އަދަދަކީ، 166،490 އެވެ.