ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، ޑީއެޗް11 ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 62 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު ވަނީ މަރުވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ ވަނީ 160 އަށް އަރައިފަ އެވެ.

މި މެއި މަހަކީ މި ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން މަރުވި މަހެވެ.

އިއްޔެ އާ ހަމައަށް ރާއްޖެއިން މިހާތަނަށް 63،600 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 39،314 މީހުންނެވެ. ބަލި ޖެހިފައި އަދިވެސް 24،205 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.