މ. ބޮޑުގޭގައި ހެދި ޕާކިން ޒޯނުގައި ރީތި މަންޒަރުތަކާއި އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް، އެ ތަނުގެ ފާރުގައި ކުރެހުން ކުރަހައިދޭނެ އާޓިސްޓުން ހޯދަން އިއުލާނުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކުރެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ރެޖިސްޓްރީވުމަށް އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހަތެއް ޖޫންގެ ކުރިން އީމެއިލް ކުރަން ޖެހެއެވެ. އީމެއިލް އެޑްރެހަކީ[email protected]އެވެ.

ސިޓީ ކައުންސިލުން ބުނީބިޑު ރެޖިސްޓްރޭޝަން އީމެއިލް ކުރުމުން ބީލަމުގައި ރެޖިސްޓްރީި ކުރިކަމަށް ސްލިޕެއް ފޮނުވޭނެ ކަމަށާއި ރެޖިސްޓާވި ކަމަށް ބަލަންވާނީ އެ ސްލިޕު ލިބުމުން ކަމަށެވެ.

ބިޑު ހުޅުވާ ތާރީހަކަށް ކަނޑައަޅާފައިވަނީ 17 ޖޫން ވަނަ ދުވަހެވެ.

ބޮޑުގޭގައި ހެދި ޕާކިން ޒޯނުގެ ފާރުގައި ކުރަހައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި ވަނީ އެތަނުގައި ހިލޭ ސާބަހަށް ކުރަހައިދޭނެ ބަޔަކު ހޯދަން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓުވިޓާގައި ޕޯސްޓު ކުރެއްވުމުން އަމާޒުވި ފާޑުކިޔުންތަކަށް ފަހު އެވެ.

މޭޔަރު އޭރު ވިދާޅުވީ ހާލަތަށް ބަލައި، މަސައްކަތަށް ބޭނުންވާ ސާމާނު ކައުންސިލުން ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އާޓިސްޓުންގެ މަސައްކަތުގެ އަގު ވަޒަންކުރުމާ ގުޅޭގޮތުން ފާޑުކިޔުން އަމާޒުވުމުން މޭޔަރު ފަހުން ނިންމެވީ އެ މަސައްކަތް ބިޑަށް ހުޅުވާލުމަށެވެ.