30 May 2021, 22:10
ވޭތުވެދިޔަ ދުވަސްތަކުގައި އިންތިހާއަށް ކޮވިޑް ކޭސްތައް ރާއްޖޭގައި އިތުރުވެ، މިއަދުގެ ކޭސްތައް 700އަށް ތިރިވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ކޮވިޑް ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަަޑިއިރު ނެގި 4،356 ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 780އެވެ. މިއީ، އިއްޔެ ރާއްޖެއިން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 282 ކޭސްގެ މަދުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ، 1،062 މީހުންނެވެ.
މިއަދު ޕޮޒިޓިވްވްވި ކޭސްތަކުގެ ތެރޭގައި މާލެ ސިޓީން ފެނުނު ކޭސްތަވެސް ވަނީ ނިސްބަތުން މަދުވެފައެވެ. އެގޮތުން މާލެ ސިޓީން މިއަދު ޕޮޒިޓިވްވީ 571 އެވެ. މިއީ، އިއްޔެ މާލެ ސިޓީން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 128 ކޭސްގެ މަދުވުމެކެވެ. އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވެފައިވަނީ، 699 މީހުންނެވެ.
ރަށްތަކުން 205 މީހަކު އަދި ރިސޯޓުތަކުން ހަތަރު މީހަކު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް 63،600އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 39،314 މީހުންނެވެ. ބަލި ޖެހިފައި އަދިވެސް 24،205 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަދުވެގެން ހަތަރު މީހުން ކޮވިޑް ޖެހިގެން މަރުވި ނަމަވެސް މިއަދު މިހާތަނަށް އެއްވެސް މީހަކު މަރުވެފައް ނުވެއެވެ. އިއްޔެ މި ބަލީގައި މަރުވީ ދެ މީހުންނެވެ. އާއެކު ބަލީގައި ޖުމްލަ 158 މީހަކު ވަނީ މަރުވެފައެވެ.
ވެކްސިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު 422 މީހަކު ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖަހާފައެވެ،. 1،168 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އެއާއެެކު ޖުމްލަ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 309،44 އެވެ. އަދި ދެވަނަ ޑޯޒް ޖެހި ޖުމްލަ މީހުންގެ އަދަދަކީ، 165،181 އެވެ.