ރީތި ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު ރަޔަން ސްޓެފަން މަރުވެއްޖެއެވެ.

ޕްރޮޑިއުސަރު ރަޔަން މަރުވީ ކޮވިޑް19 ޖެހުގެން ފަރުވާދެމުން ދަނިކޮށް ގޯއާގައެވެ. ކިއާރާ އަދުވާނީގެ "އިންދޫ ކީ ޖަވާނީ" އާ ކާޖޮލް ގެ ކުރު ފިލްމު "ދޭވީ" ވެސް ޕްރޮޑިއުސްކޮށްފައިވާ ރަޔަން މަރުވީ އޭނާ އަށް ކޮވިޑްޖެހިގެން ފަރުވާދޭތާ ދެ ހަފްތާ ވެފައި ވަނިކޮށެވެ. އޭނާ އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ބައިވެރިއެއްވެސްމެ އެވެ.

ރަޔަން މަރުވިކަމުގެ ޚަބަރު ލިބުމާއެކު ބޮލީވުޑްގެ ގިނަ ތަރިންނެއް ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވާފަ އެވެ. އަދި ގެއްލިގެން އެ ދިޔައީ ހުނަރުވެރި މީހެއް ކަމަށް ވެސް ގިނަ ތަރިންނެއް ވަނީ ބުނެފައެވެ.