13 Feb 2012, 23:13
އައްޑޫ ސިޓީގެ ހިތަދޫ އެމްޑީޕީގެ ހަރުގެ ފުލުހުން ވަދެ ތަޅާލައިފިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން ފުލުހުން ދޮގުކޮށްފި އެވެ.
އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހިތަދޫގައި ހުންނަ އެ ޕާޓީގެ ހަރުގެއަށް ފުލުހުން ވަދެ ހަރުގެ ތަޅާޅާފައިވާ ކަމަށެވެ.
ފުލުސް މީޑިޔާ އޮފިޝަލު މިރޭ ވިދާޅުވީ ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގެއާ ބެހޭ ގޮތުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ އާޓިފިޝަލް ބީޗްގައި ވާހަކަ ދައްކަވަމުން ފުލުހުން މިރޭ ގޮސް އައްޑޫ އެމްޑީޕީ ހަރުގެއަށް ގެއްލުން ދިންކަމަށް ވިދާޅުވެ ހެއްދެވީ އިތުރު ފުޅެއްކަމުގައި ދަންނަވަން،" ފުލުސް މީޑިއާއި މިރޭ އާންމު ކުރި އެސްއެމްއެސް މެސެޖެއްގައި ބުނެފައި ވެއެވެ.
ނަޝީދު މިރޭ ވިދާޅުވީ އެމްޑީޕީގެ ބައްދަލުވުމެއް ހިނގަމުން ދަނިކޮށް ފުލުހުންގެ ބަޔަކު ހަރުގެއަށް ވަދެ އެތަނަށް ހަމަލާދީފައިވާ ކަމަށެވެ.