29 May 2021, 23:44
ކޮވިޑް19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 6:00ހާއިރު މަރުވެފައިވަނީ ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެއާއެކު މި ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު 158 އަށް ވަނީ އަރާފަ އެވެ.
ކޮވިޑުގައި އިއްޔެ ރާއްޖެއިން ފަސް މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި ހަތަރު މީހަކާއި، ދަރުމަވަންތަ ހޮސްޕިޓލުގެ 11 ވަނަ ފަންގިފިލާގައި ފަރިވާދެމުން ދަނިކޮށް މަރުވި މީހެކެވެ.
މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެއިން 80 އަށް ވުރެ ގިނަ މީހަކު ވަނީ މަރުވެފަ އެވެ.