ރާއްޖެއިން މިއަދު އިތުރު 1062 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 699 މީހުންނާއި އަތޮޅުތަކުން 353 މީހުންނާއި ބަންދުކޮށްފައިވާ ރިސޯޓުތަކުން ނުވަ މީހުންގެ އިތުރުން ތަރައްގީކުރަމުންދާ ރަށްރަށުން އެކަކު ކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 62،906އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 24،507 މީހުންގެ ތެރެއިން 240 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މިއަދު ބަލިން ރަނގަޅުވީ 1،371 މީހުންނެވެ. އަދި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 38،233 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 157 މީހުން ވަނީ މަރުވެފަ އެވެ.