30 May 2021, 10:19
ބޮލީވުޑް ތަރި އަރުޖުން ކަޕޫރު ރޮމޭންޓިކް ތްރިލާއަކަށް ސޮއިކޮށް އެ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ދެ ބަތަލާއިން ލީޑު ރޯލު ކުޅުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ޝޫޓިން ފަށަން މިހާރު ހުރިހާކަމެއް ވެސް ތައްޔާރުވެފައި ހުރި ކަމަށާއި އިންޑިއާގެ ކާފިއު ވަގުތު ލުއިކުރުމާއެކު ޝޫޓިން ފަށާނެ ކަމަށެވެ. ފިލްމުގެ ސްކްރިޕްޓް އަރުޖުން އަށް ކިޔާދިނުމުން އޭނާ ވަގުތުން އެ ފިލްމު ކުޅެން އެއްބަސްވި ކަމަށް ޚަބަރުތައް ބުނެއެވެ.
އަޖޭ ބާލްގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ނަމެއް އިއުލާންކޮށްފައެއްނުވެއެވެ.
އެކްޓަރު އަރުޖުން އަތުގައި މިވަގުތު ރޮމޭންޓިކް ތްރިލާއެއް އެބައޮތެވެ. އެއީ ސިދާތު މަލްހޮތްރާއާއި ޝްރައްދާ ކަޕޫރު ލީޑު ރޯލު ކުޅުނު "އޭކް ވިލަން"ގެ ދެވަނަ ބައެވެ. މި ފިލްމުގައި އަރުޖުންއާއެކު ފެނިގެންދާނީ ޖޯން އަބްރަހަމް، ތާރާ ސުތައިރާ އަދި ދިޝާ ޕާޓްނީއެވެ.