ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ކޮވިޑުގައި އިއްޔެ ރާއްޖެއިން ފަސް މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި ހަތަރު މީހަކާއި، ދަރުމަވަންތަ ހޮސްޕިޓލުގެ 1 ވަނަ ފަންގިފިލާގައި ފަރިވާދެމުން ދަނިކޮށް މަރުވި މީހެކެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 157 މީހުން ވަނީ މަރުވެފަ އެވެ. މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެއިން 84 މީހަކު ވަނީ މަރުވެފަ އެވެ.