ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ 84 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވަދެމުން ދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ.

މިއީ މިއަދު ކޮވިޑް-19 ޖެހިގެން މަރުވި ފަސް ވަނަ މީހާ އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން 156 މީހަކު ވަނީ ނިޔާވެފަ އެވެ.

ރާއްޖެއިން މި މަސްތެރޭ ބަލި ޖެހިގެން މިހާރު 80 އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފަ އެވެ.