ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް ލޫސިފާގެ ފަހު ސީޒަން (ސީޒަން ފަހެއް)ގެ ދެވަނަ ބައިގެ އެޕިސޯޑުތައް ނެޓްފްލިކްސްގައި ސްޓްރީމްކޮށްފި އެވެ.

މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑުތައް މިހާރު ނެޓްފްލިކްސްއިން ބަލާލެވޭއިރު ސީޒަން ފަހަކީ ދެ ޕާޓަކަށް ބަހަައިލައިގެން ގެނެސްދޭން ނިންމި ސީޒަނެކެވެ. އެ ސީޒަންގެ ފުރަތަމަ ޕާޓު މިދިޔަ އަހަރުގެ އޮގަސްޓް މަހު ނެޓްފްލިކްސްގައި ޕްރިމިއާކޮށްފަ އެވެ.

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލޫސިފާ ސީރީޒްގެ އެންމެ ފަހު ސީޒަނަކީ އެންމެ ރީތި ސީޒަން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

ލޫސިފާގެ ހަތަރު ވަނަ ސީޒަން 2019 އަހަރު ދެއްކިއިރު، މި ޝޯއަކީ އެ އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒްވެސްމެ އެވެ.

ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ހަތަރު ވަނަ ސީޒަނަކަށް ޝޯ އަލުން ގެނައީ ނެޓްފްލިކްސް އެވެ. ލޫސިފާގެ ލީޑު ރޯލުން ފެނިގެންދަނީ ޓޮމް އެލިސް އަދި ލޯރެން ޖަރމަން އެވެ.