19:00


ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިން އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ދުސްތޫރުމުގެ އިމުގެ ތެރޭގައި މަސައްކަތް ކުރެއްވުމަށް ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތް ދެއްވާފައިވާ ކަމުގެ ތުހުމަތުގަ އާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމުގެ ތުހުމަތުގައި ފުލުހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައްޔަރުކުރި ޔާމީންގެ މައްޗަށް ގޭބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓުންނާއި ހައިކޯޓުން ކޮށްފައިވާ ހުކުމް އިއްޔެ ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ބާތިލްކުރުމަށްފަހު، ޔާމީން މިނިވަން ކުރެއްވުމާ ގުޅިގެން ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއެއްގައި ޔާމީން ރޭ ވިދާޅުވީ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ޤާނޫނާއި ހިލާފަށް ކަމަށާއި އަދި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ހަޤީޤަތާ ހިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޤާނޫނުތަކެއް އުސޫލުތަކެއް ނެތި ފުލުހުން އަމަލްކުރަމުންދިޔަ ގޮތްތަކަކީ އެކަންތައް ކޮށްގެންވާނެ ގޮތެއް ނޫން ކަމަށާއި އިންސާފު ހޯދުމުގައި ޤާނޫނު އަސާސީގެ 116 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ޔާމީންނާއި ގާސިމާ ދެ ބޭފުޅުންގެ ހައްގުތަކަށް އަރައިގަނެފައި އެވަނީ ކަނޑައެޅިގެން ބަދަލު ހޯދަން ދިއުމުގެ އިހްތިޔާރުވެސް ލިބޭ ގޮތަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ޔާމީން އިތުރަށް ވިދާޅުވީ ފުލުހުން ޔާމީން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރަކު ދެއްވާފައިވާ ސިޓީއަކަށް ބިނާކޮށްފައި ކަމަށާއި ނަމަވެސް އެސިޓީއަކީ އެއްވެސް ކަހަލަ އޮއްޓަރެއްވެސް ހުރި ވާހަކަތަކެއް ހުރި ސިޓީއެއް ހުރި ސިޓީއެއް ނޫން ކަމަށެވެ.