28 May 2021, 17:21
މިއަދާއި މާދަމާ މީޑިއާނެޓުގެ ކޮންމެ ޕެކޭޖަކަށް ސަަބްސްކަރިބްކޮށްގެން ހުރިހާ ޗެނަލެއް އެއްމަސްދުވަހަށް ހިލޭ ލިބުމުގެ ފުރުސަތު އޮންނަ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މީޑިއާނެޓުން މި ހަފްތާބަންދާ ދިމާކޮށް ފެށި ޕްރޮމޯޝަނުގެ ދަށުން، މިއަދާއި މާދަމާ މީޑިއާނެޓުގެ ޕެކޭޖަކަށް ސަބްސްކައިބްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ފަރާތަކަށް އެއް މަސް ދުވަހުގެ ވޯންޓް-އިޓް-އޯލް ސަބްސްކްރިބްޝަނެއް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީޑިއާނެޓުން ބުނީ އެކުންފުނީގެކުއިކްޕޭހިދުމަތް ބޭނުންކޮށްގެން ކޮންމެ ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށެވެ.
ސަބްސްކްރައިބްކޮށްގެން ހުރިހާ ޗެނަލެއް އެއް މަސްވުހަށް ހިލޭ ލިބޭ މި ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވާނީ މީޑިއާނެޓުގެ އައިސްޓީވީއިން ލައިވްކޮށް ދައްކާ ގުރުއަތުލުމަކުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު މީޑިއާނެޓުގެ ސޯޝަލް މީޑިއާ އެކައުންޓަކަށް (ފޭސްބުކް، ޓްވިޓާ ނުވަތަ އިންސްޓަގްރާމުން) މެސެޖުކޮށްލުމުންލިބޭނެއެވެ.