ކޮވިޑް19 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިިފިލާގައި ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދު ހެނދުނު މަރުވެފައި ވަނީ ޑީއެޗް11 ގައި އޮތް އުމުރުން 69 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު މިއަދު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ. އަދި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 154 އަށް އަރައިފަ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެމީހަކު ވެސް މިއަދު ފަތިހު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 47 އަހަރުގެ ފިރިހެނަކާއި 54 އަހަރުގެ ފިރިހެނެކެވެ.

މި ބަލީގައި އެންމެ ގިނަ މީހުން މަރުވީ މި މަހުގެ ތެރޭގަ އެވެ. މިހާތަނަށް މި މަހުގެ ތެރޭގައި މި ބަލީގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.