28 May 2021, 15:37
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް19 އަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރު މަރުވެފައި ވަނީ އެ ފެސިލިޓީގައި އޮތް އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ކޮވިޑް ޖެހިގެން މިއަދު ރާއްޖެއިން މަރުވި ހަތަރު ވަނަ މީހާ އެވެ. މިއަދު އެ ފެސިލިޓީ އިން ތިން މީހަކު އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އޮތް މީހަކު ވެސް ވަނީ މަރުވެފަ އެވެ.
މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 155 އަށް އަރައިފަ އެވެ.
މި ބަލީގައި އެންމެ ގިނަ މީހުން މަރުވީ މި މަހުގެ ތެރޭގަ އެވެ. މިހާތަނަށް މި މަހުގެ ތެރޭގައި މި ބަލީގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވެގެން މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.