ކޮވިޑް ޖެހިގެން 47 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ ފިރިހެނެކެވެ.

މިއީ މިއަދު މި ބަލީގައި މަރުވި ދެވަނަ މީހާ އެވެ. އަދި ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވި 153 ވަނަ މީހާ އެވެ. މިއަދު މި ބަލީގައި ފުރަތަމަ މަރުވީ ވެސް އެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ.

މި ބަލީގައި އެންމެ ގިނަ މީހުން މަރުވީ މި މަހުގެ ތެރޭގަ އެވެ. މިހާތަނަށް މި މަހުގެ ތެރޭގައި މި ބަލީގައި 80 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.