ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 54 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ.

މިރޭ ވަނީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 68 އަހަރުގެ ފިރިހެނަކު ވެސް މަރުވެފަ އެވެ.އެއީ އެއަތޮޅު ދާންދުއިން އެ ފެސިލިޓީއަށް ގެންދިޔަ މީހެކެވެ.

މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑްގައި މަރުވި 152 ވަނަ މީހާ އެވެ. މި މަހު އެކަނި ވެސް މި ބަލީގައި 70 އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެއިން މަރުވެފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން މިހާރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.