އެމްބީބީއެސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު އިންޓާންޝިޕް ފުރިހަމަ ނުކުރެވި ތިބި ފަރާތްތަކުގެ މައުލޫމާތު ހޯދަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެމްބީބީއެސް ފުރިހަމަ ކުރުމަށްފަހު، އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން މިވަގުތު ރާއްޖޭގައި ތިބި ފަރާތްތަކުގެ މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުން ފުރިހަމަ ނަމާއި އެޑްރެސް، މެޑިސިން ފުރިހަމަ ކުރި ގައުމާއި، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް މިނިސްޓްރީއާ ހިއްސާކުރުމަށް އެދިފަ އެވެ.

އެ މައުލޫމާތު ހިއްސާކުރާނީ ޖޫން ތިން ވަނަ ދުވަހުގެ 13:30 ގެ ކުރިން[email protected]މެދުވެރިކޮށެވެ.

ކޮވިޑް19ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެފައިވާއިރު، ފަންނީ ފަރާތްތަކުގެ އެހީތެރިކަމަށް ވަނީ ބޭނުންޖެހިފަ އެވެ. ހާލަތު ގޯސްވުމާއެކު ވޮލަންޓިއަރުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.