27 May 2021, 18:06
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް އެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޗްޑީސީ އިން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕްލޮޓް 1/ S1 ގައި މިކްސްޑް ޔޫސް އެޕާޓްމެންޓު އަޅައި ވިއްކުމަށް އާރުސީސީއާއެކު ސޮއިކުރީ އިއްޔެ ކަމަށެވެ.
ވާޗުއަލްކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުުމަދެވެ.
މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ހިންގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރްއެފްޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެކެވެ. ޖުމްލަ 24،098.22 އަކަފޫޓޫގެ އެބިމުގައި 116 ޔުނިޓް އިމާރާތް ކުރަން ނިންމާފައިވާއިރު އޭގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕްކޮށް އެއްމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް1.800 ރުފިޔާ ނެގުމަށް ކަނޑައަޅާފައިވާ ޔުނިޓްތަކެވެ.
ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައަޅާފައިވާ ޔުނިޓްތަކެވެ.
އެގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ގާއިމު ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަގު، އަތްފޯރާ ފަށުގައި ބެހެއްޓުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.ހިތިގަސްމަގާ ކުރެދިމާ ހިނގުން ގުޅޭ ސަރަހައްދުގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އަޅާ "ބްލޫ ހެވަން" ޓަވަރުގައި ދެ ކޮޓަރި އާއި ތިންކޮޓަރި އަދި ޕެންޓްހައުސް ހުންނާނެ އެވެ.
މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ ޑީޓެއިލް ޑްރޯވިން އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގަ އެވެ.