ކޮވިޑު 19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެ، ޖުމްލަ މަރުވި މީހުންގެ އަދަދު 150 އަށް އަރައިފި އެވެ.

އައިޖީއެމްއެޗުގެ އީއާރަށް ގެންދިޔަ އުމުރުުން 79 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.

މިއީ ކޮވިޑުގައި ރާއްޖެއިން މިއަދު މަރުވި ދެވަނަ މީހާ އެވެ. ރޭ މެންދަމު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 56 އަހަރުގެ މީހަކުވެސް ވަނީ މަރުވެފަ އެވެ.

ކޮވިޑުގައި އިއްޔެ ވެސް ރާއްޖެ އިން ވަނީ ހަތަރު މީހަކު މަރުވެފަ އެވެ.

މި މެއި މަހަކީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު އެކަނިވެސް 70 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.