ކޮވިޑު 19 އަށް ފަރުވާ ހޯދަމުން ދިޔަ 56 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ރޭ މެންދަމު މަރުވި ދިވެހި ފިރިހެން މީހާގެ މަރާއެކު، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 149 އަށް އަރައިފަ އެވެ.

ކޮވިޑުގައި އިއްޔެ ވެސް ރާއްޖެ އިން ވަނީ ހަތަރު މީހަކު މަރުވެފަ އެވެ.

މި މެއި މަހަކީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު އެކަނިވެސް 70 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.