26 May 2021, 23:51
ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 71 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
މިއީ މިއަދު ކޮވިޑް ޖެހިގެން ނިޔާވި ހަތަރު ވަނަ މީހާ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި ޖުމްލަ މީހުންގެ އަދަދު މިވަނީ 148 އަށް އަރައިފައެވެ.
މިފަހަކަށް އައިސް ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެގޮތުން މި މެމަހު އެކަނިވެސް ވަނީ 70 އަށް ވުރެ ގިނަ މީހުން ނިޔާވެފަ އެވެ.