26 May 2021, 21:46
ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިހާރު ހުރީ އެކަހެރިވެވަޑައިގެން ކަމަށް މަބްރޫކް ވިދާޅުވި އެވެ. ހާލުކޮޅު ރަނގަޅު ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖައްސަވައިގެންނެވެ.
ކޮވިޑް 19 އިންތިހާއަށް މާލެ ސަރަހައްދުގައި ދަނީ ފެތުރެމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު އުޅެނީ 58،000 އަށް ވުރެއް މަތީގަ އެވެ.