މިއަދު އިތުރު މީހަކު ކޮވިޑް ބަލީގައި މަރުވެ، ރާއްޖެއިން މިހާތަނަމަރުވި މީހުންގެ އަދަދު 145އަކަށް އަރާފަ އެވެ. މިއީ މިއަދުގެ ދެވަނަ މަރެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މަރުވެފަިވަނީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި ވަނީ މިއަދު މެންދުރު 2:35ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއަދުގެ ފުރަތަމަ މަރަކީ، އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި 91 އަހަރުގެ މީހެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 10:20ގައެވެ.