ބަނީރާގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ފިލްމީ ތަރި ރިޝްމީ ހަމަޖައްސައިފި އެވެ.

ބަނީރާ ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިން މެނޭޖަރު ފާތިމަތު ޝައާ ޝަކީލް އެވެ.

ބަނީރާގެ ބްރޭންޑް އެމްބެސެޑަރަކަށް ރިޝްމީ ހަމަޖެއްސުން--

ބަނީރާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ބްރޭންޑަޑް ސެންޓާއި ކޮސްމެޓިކްސް ވިއްކާ ފިހާރައެކެވެ.

މާފަންނު ސަހަރާ ކައިރިން މަޖީދީމަގުގައި ހުންނަ މި ފިހާރައިން ދިވެހިން އާންމުކޮށް ބޭނުންކުރާ ހުރިހާ ޑިޒައިނާ ބްރޭންޑުގެ އުފެއްދުންތައް ވިއްކަ އެވެ.

އޭގެ ތެރޭގައި ވިކްޓޯރިއާސް ސީކްރެޓް، އަރްމާނީ، ޝެނަލް، ކްލޯއީ، ޑިއޯ، ކެރޮލީނާ ހެރޭރާ، ވައިއެސްއެލް، ކެލްވިން ކްލައިން، ޑޭވިޑްއޮފް، މޮންޓް ބްލާންކް އަދި ބުލްގާރީ ހިމެނެ އެވެ.

އެމެރިކާ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ "އޮފީސް މޭކަޕް" ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވެސް ބަނީރާއިންނެވެ.

މިއީ 1950ވަނަ އަހަރުން ފެށިގެން އެމެރިކާގެ އެްނޓީ އިންޓަނޭޝަނަލްއިން އުފައްދާ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް މަޝްހޫރު، މަތީ ފަންތީގެ ބްރޭންޑެކެވެ.

ބަނީރާއިން ވިއްކާ ސެންޓާއި އޮފީސް މޭކަޕް އަދި ކޮސްމެޓިކްސްގެ ބާވަތްތައް ގަންނަން ބޭނުންވާ ފަރާތްތަކުން ބަނީރާގެ ފޭސްބުކްއާއި އިންސްޓަގްރާމް ޕޭޖުން ނުވަތަ 7576869 އަށް ގުޅައިގެން އޯޑަރު ދިނުމުން މާލެއާއި ހުޅުމާލޭގެ ކޮންމެ ތަނަކަށްވެސް ޑެލިވަރީ ކޮށްދޭނެ އެވެ.