26 May 2021, 10:10
މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ތަންފީޒު ކުރަން ފަށާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު، މާލެސިޓީ އިން މަހަށް ފުރާ ފަރާތްތަކަށް ސިޓީ ކައުންސިލުން ހުއްދައެއް ދޫކުރަން ނިންމައިިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ އެކު، މާލޭސިިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށްފުރާ ފަރާތްތަކުން ހުއްދަ އަށް އެދުމަށް ސިޓީކައުންސިލުން ވެބް ޕޯޓަލް އެއް ހާއްސަ ކޮށްފައިވާނެ ކަމަށެވެ. އަދި މިއަދުގެ ހެނދުނު 8:00 އިން ފެށިގެން އެ ކައުންސިލުގެވެބްސައިޓުގައިވާޕޯޓަލް އިން ހުއްދަ އަށް އެދެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކޮވިޑް ކޮންޓްރޯލު ކުރުމަށް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ވަނީ ފަށައިފަ އެވެ.
އެގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގައި، ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރަށް ނިކުތުން ވަނީ މަނާކޮށްފަ އެވެ. ބޭރަށް ނިކުތުމަށް ފުލުހުންް ހުއްދަ ދޫކުރަނީ ކޮންމެ ގޭބީސީއަކަށް ދެ ހުއްދަ އެވެ.
ވަޒީފާ އަށް ދާ ފަރާތްތަކަށް ވެސް ހާއްސަ ހުއްދަތައް ދޫކުރާއިރު، ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ހާއްސަ ހުއްދަ ބޭނުންވެ އެވެ.