"ޗޮކްލެޓް ވީކް ފޯ ޗޮކްލެޓް ލަވާސް"ގެ ނަމުގައި އެސްޓީއޯ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ޗޮކްލެޓްގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި އެސްޓީއޯ ސުޕަމާޓުން ކުރާ ކޮންމެ 50ރ. އިން މަތީގެ ޗޮކްލެޓުގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެސްޓީއޯ އިން ބުނީ މިދިޔާ އާދީއްތަ ދުވަހުން ފެށިގެން އެއްހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ އެޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ވަރަށް އަގު ހުރި އިނާމްތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން އެއް ވަނަ އަށް އަންނަ ފަރާތަކަށް 10،000ރ.ގެ އަގުހުރި ޗޮކްލެޓް ގިފްޓް ވައުޗަރެއް ލިބޭއިރު ދެވަނަ އަށް ހޮވޭ ފަރާތަކަށް ލިބެނީ ޗޮކްލެޓް ގިފްޓް ހެމްޕާއެކެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާ އިރު ޗޮކްލެޓްގެ އެކިއެކި ބްރޭންޑްތަކުން ވަރަށް ހާއްސަ ޑިސްކައުންޓްތައް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ތަފާތު ޗޮކްލެޓް ވެރައިޓީތައް ތަޖްރިބާކޮށްލުމުގެ ގޮތުން ފްރީ ޓޭސްޓިންގް ސެޝަންތަކެއް އެސްޓީއޯ ސުޕަމާޓްގައި ކުރިޔަށް ދާނެކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
ޗޮކްލެޓް ވީކްގެ މިޕްރޮމޯޝަން ކުރިޔަށް ގެންދަނީ ވީބީ އާއި ސިމްޑީ އަދި މެރިން ބުޓީކް ފަދަ ފަރާތްތަކުގެ އެހީތެރިކަމާއި އެކީގައި ކަމަށް އެސްޓީއޯ އިން ވަނީ ފާހަގަކުރައްވާފަ އެވެ.

މިޕްރޮމޯޝަންގެ ބްރޭންޑްތަކުގެ ތެރޭގައި މޯލްޓީޒަރސް، މިލްކާ، ބައުންޓީ، އެމް އެން އެމް، ރިޓާ ސްޕޯރޓް، ދްރޮސްޓޭ އާއި ގެލެކްސީ، ކެޑްބަރީ އާއި ހެޝީސް ކިސަސް އާއި ޓްވިކްސް، ސްނިކާސްގެ އިތުރުން މާސް އަދި ލިންޓް ހިމެނެއެވެ.