25 May 2021, 00:08
ކޮވިޑް19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނަކާއި 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާ އެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 13އަށް އަރައިފަ އެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ.
މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 69 އަށް އަރާފައިވާ އިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 142 އެވެ.