24 May 2021, 22:59
ރާއްޖެއިން އިތުރު 1،417 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން އާންމު ކުރި ހިސާބުތަކަށް ބަލާއިރު މީގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،097 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 303 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހެކެވެ.
މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 57،341 އަށް އަރައިފަ އެވެ. މިވަގުތު 24،057 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 282 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.
ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަކީ 33،136 އެވެ. ބަލީގައި 139 މީހަކު ވަނީ މަރުވެފަ އެވެ. މިއަދުވެސް ހަ މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފަ އެވެ.