މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އޫރުމަސް ނައްތާލައިފި އެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި ނައްތާލާފައިވަނީ މިއަދު ކ. ތިލަފުށި ސައިޓުގައި ކަމަށެވެ.

މިއަދު ނައްތާލާފައިވަނީ 18 ކޭހުގެ އޫރުމަހެވެ. އެތަކެތީގެ ބަރުދަނަކީ 138.4 ކިލޯގްރާމް އެވެ.

އެތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 442ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލު ކުރާ އުސޫލުގެ ދަށުން ނައްތާލި ތަކެއްޗެވެ.