ކޮވިޑް19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް މިރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ނުވަޔަކަށް އަރާފަ އެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 65އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 138 އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމުލަ 274 އެނދު ހުންނައިރު، އިއްޔެއާ ހަމައަށް 188 އެނދުގައި މީހުން ވަނީ އެޑްމިޓްކޮށްފަ އެވެ.

ކޮވިޑް ޖެހިގެން 137 މީހުން މަރުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 23،464 އެވެ.