ކޮވިޑް19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު 11:05ހާއިރު އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 78 އަހަރުގެ ދިވެހި އަންހެނެއް މިއަދު މެންދުރު 2:50ހާއިރު މަރުވެފައިވާ ކަމަށެވެ.

މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 64އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 137 އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމުލަ 274 އެނދު ހުންނައިރު، އިއްޔެއާ ހަމައަށް 188 އެނދުގައި މީހުން ވަނީ އެޑްމިޓްކޮށްފަ އެވެ.

ކޮވިޑް ޖެހިގެން 137 މީހުން މަރުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 23،464 އެވެ.