24 May 2021, 17:14
މަގުމަތީގެ އުޅަނދުތައް ފަދައިން ކަނޑުމަތީގައި ދުއްވާ އެކި ބާވަތް ބާވަތުގެ އުޅަނދުތަކަކީ ވެސް ތަފާތު ގެއްލުންތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ތަކެއްޗެވެ. އެގޮތުން މޫސުމީ ކާރިސާތަކުން ފެށިގެން އިންސާނީ އިހުމާލުންނާއި އެހެނިހެން ސަބަބުތަކާއި ހެދި ލިބޭ ގެއްލުމުން ރައްކާތެރިވުމަށް ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކަނޑުގަދަ ދުވަހެއްގައި ދަތުރުވަރަކަށް ފުރާނަމަ އެންމެ ފުރަތަމަ ސަލާމަތީ ފިޔަވަޅަކަށް ވާނީ ފަސިންޖަރުންނަށް ކަމެއް ދިމާވެދާނެ ހިނދު ސަލާމަތްވެވޭނެ ފަދަ ޢާލާތްތައް އުޅަނދުގައި ބެހެއްޓުމެވެ. ހަމަ މިބީދައިން އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމަށް އަލިފާން ނިވާ ފުޅި ފަދަ ޢާލާތްތަކަކީ ވެސް އެހާމެ މުހިންމު ތަކެތިކަން އަހަރެމެންނަށް އިނގެއެވެ. ދެން އޮތީ ކަމެއް ޖެހުމުގެ ކުރިން އެކަމަކަށް ތައްޔާރުވުމުގެ ގޮތުން ނެގިދާނެ ސަލާމަތެއްގެ ވާހަކަ އެވެ.
ހަލް ތަކާފުލްއަކީ އޮޑިދޯނި ފަހަރަށް ދިމާވާ ނުރައްކާތެރި ހާލަތްތަކަށް ބިނާކޮށް ބަދަލު ލިބޭނެހެން ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ. އެގޮތުން ބަދަލު ލިބޭ ކަންކަމުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން އޮޑި ފަރަށް އެރުމާއި ބެހިގެން ދިޔުން، އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުމާއި އޮޑީގައި ހުންނަ އިންޖީނު، ޖެނެރޭޓަރު، ފެން ޕަމްޕު، ޖީޕީއެސް ފަދަ އަގުބޮޑު އިކުއިޕްމަންޓަށް ލިބޭ ގެއްލުން ހިމެނެއެވެ.
ކޮންމެ އުޅަނދަކީވެސް ކޮންމެވެސް އާއިލާއެއްގެ ޚަރަދު ބަރަދު ބަލަހައްޓާދޭ ވަސީލަތަކަށް ވާއިރު މިތަކެއްޗަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުރުކޮށްފައި ބެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ހަމަގައިމުވެސް ކުރިޔާލާ ރައްކާތެރިކަމުގެ މިފިޔަވަޅު އަޅައިފިނަމަ، އޮޑިއަށް ގެއްލުމެއް ވާ ހާލަތެއްގައި މަރާމާތަށް ދާ ޚަރަދާއި ގުޅިގެން އާއިލާއަށް ކުރިމަތިވެދާނެ މާލީ ގެއްލުމުން ސަލާމަތްވާނެ ފުރުސަތު ހަލް ތަކާފުލް ހޯދައިދެއެވެ.
މިކަމަށް ހޭދަވާ އަގު ބަލާލަން މިހާރު ވަރަށް ފަސޭހައެވެ. މިހާލަތަށް އެންމެ އެކަށީގެންވާ، އޮންލައިން ޚިދުމަތެއް ކަމުގައިވާ "ސްމާޓް ކޯޓް"ގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް މިކަމަށް ހޭދަވާ މިންވަރު ބަލާލެވެއެވެ. www.myallied.mv ޕޯޓަލަށް ވަދެ އަޔާދީ ތަކާފުލްގެ އިޚްތިޔާރީއިން ސްމާޓް ކޯޓަކަށް ރިކުއެސްޓު ކޮށްލުމަށް ހަމައެކަނި ބޭނުންވާނި އުޅަނދުގެ ބާވަތާއި ބޭނުން، އަދި އުޅަނދު ބަނދެފައިވާ އަހަރާއި ޖުމްލަ އަގު އެކަންޏެވެ. މިމައުލޫމާތު ހިއްސާކޮށްލުމުން އޮޑިދޯނިފަހަރުގެ ކަވަރޭޖަށް ދައްކަންޖެހޭ މިންވަރު މިހާރު ވަގުތުން ފެންނާނެއެވެ.