24 May 2021, 03:12
ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ އަދަދު 130 އަށް އަރައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މިރޭ އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 81 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރިއިރު، ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
މި ބަލީގައި އިއްޔެ ވަނީ ހަ މީހަކު މަރުވެފަ އެވެ. އޭގެތެއިން ފަސް މީހަކު މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.
އެއީ އުމުުރުން 79 އަހަރުގެ އަންހެނަކާއި 62 އަހަރުގެ އަންހެނަކާއި 68 އަހަރުގެ އަންހެނަކާއި 78 އަހަރުގެ ފިރިހެނަކާއި 66 އަހަރުގެ ފިރިހެނެކެވެ.
އުމުރުން 80 އަހަރުގައި އިއްޔެ ވަނީ ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ ވެސް އަވަހާރަވެފަ އެވެ. އޭނާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.