23 May 2021, 22:17
ރާއްޖެއިން އިތުރު 1،559 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން އާންމު ކުރި ހިސާބުތަކަށް ބަލާއިރު މީގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،135 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 401 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހެއް އަދި ލިވަބޯޑުތަކުން ޕޮޒިޓިވްވި ތިން މީހެކެވެ.
މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 55،924 އަށް އަރައިފަ އެވެ. މިވަގުތު 23،464 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު 290 މީހަކު ތިބީ ހޮސްޕިޓަލުގައެވެ.
ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަކީ 32،322 އެވެ. ބަލީގައި 129 މީހަކު ވަނީ މަރުވެފަ އެވެ. މިއަދުވެސް ހަ މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފަ އެވެ.