ބްލެކްފަންގަސް އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، ރާއްޖެއިން އެ ބަލި ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.

ކޮވިޑް19 ޖެހި ބަލިން ރަނގަޅުވާ ބައެއް މީހުންގެ ގައިން ބްލެކްފަންގަސް ނުވަތަ މިއުކޯމައިކޯސިސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުމުން އޭނާގެ ޓެސްޓު ހެދުމަށް ސާމްޕަލް ނަގައި ވަނީ ރާއްޖެއިން ބޭރަށް ފޮނުވައިފަ އެވެ.

އެ ސާމްޕަލްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އެޗްޕީއޭ އިން ބުނީ އެ ބަލިމީހަގެ ކިބައިން ފެނުނީ އެނދުމަތި ކުރެވި، ގިނަ ދުވަސްވެފައި ތިބޭ މީހުންގެ ގައިން ބައެއް ފަހަރު ފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށެވެ.

ބްލެކް ފަންގަސް އަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައިވަނީ ކޮވިޑު ޖެހިގެން ރަނގަޅުވި އުމުރުން ދުވަސްވީ މީހެއްގެ ގައިންނެވެ.

ބްލެކްފަންގަސްގެ ގިިނަ ކޭސްތަކެއް އިންޑިއާ އިން ފެންނަމުންދާއިރު ބްލެކް ފަންގަސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ޖެހި ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެ އެވެ. މިއީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.