23 May 2021, 16:46
އެޗްޕީއޭގެ ބެލުުމުގެ ދަށުން ކޮވިޑް ފެސިލިޓީ އަށް ގެންދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ފިލި ދެމީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފެސިލިޓީއަށް ގެންދަނިކޮށް ފިލީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހެކެވެ. އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކޮވިޑަށް ޓެސްޓު ކުރި އިރު، ޕޮޒިޓިވްވުމުން ފުލުހުން ވަނީ ދެމީހުން ބަންދުން ދޫކޮށް އެޗްޕީއޭ އާ ހަވާލުކޮށްފަ އެވެ.
ދެމީހުން ފިލީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށެވެ.
އެއީ ކޮވިޑަށް ޕޮޒިޓިވް ދެމީހުން ކަމަށްވާއިރު، އަދި މާލޭގައި އިންތިހާއަށް ކޮވިޑް ފެތުރެމުން އަންނަ އިރުވެސް، އެ ދެމީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދި، ފުލުހުން ފޮޓޯ އާންމުކޮށްފަ އެއް ނުވެ އެވެ.