23 May 2021, 12:40
ކޮވިޑް ޖެހިގެން ރާއްޖެއިން 62 އަހަރުގެ މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ދެވަނަ މަރެެވެ.
އެއާއެކު ޖުމްލަ މިހާތަނަށް 125 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.
އެޗްޕީއޭއިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އެ މީހާ މަރުވެފައިވަނީ މިއަދު ހެނދުނު 10:49ގައި ކަމަށެވެ.
މިއަދު ފުރަތަމަ މަރުވެފައިވަނީވެސް ހުޅުމާލޭ މެޑީކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާގެ އުމުރަކީ، 66 އެވެ.
މިއަދު މިހާތަނަށް ދެ މީހަކު މަރުވި އިރު، އިއްޔެވެސް ތިން މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީޙުން އަދަދު އުޅެނީ 22،000 އިން މަތީގަ އެވެ. ހޮސްޕިޓަލުގައި އެޑްމިތްކޮށްގެންވެސް 300 އެއްހާ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. ޖުމްލަ މިހާތަނަށް 54،000އަށްވުރެ ގިނަ މިހުން ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރެއިން 31،812 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.