ވަޒީފާ އަދާކުރަް ގެނެވޭ ބިދޭސީން ރާއްޖެ އެތެރެވާން ދޫކުރާ ވޯކް ޕާމިޓް އެންޓްރީ ޕާސް އަދި އެމްޕްލޮއިމަންޓް އެޕްރޫވަލްގެ ދަށުން ދީފައިވާ މުއްދަތުގައި ނާދެވޭނަމަ އެ މުއްދަތު އިތުރުކޮށްދޭ ހިދުމަތެއް ފަށައިފި އެވެ.

ވޯކް ޕާމިޓް އެންޓްރީ ޕާސްއާއި ކުރިން އަމަލުކުރަމުންދިޔަ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އެމްޕްލޮއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެއަށް އެތެރެވާން ދެނީ 90 ދުވަހުގެ މުއްދަތެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް19ގެ ހާލަތާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކާއެކު އެ މުއްދަތުގައި ރާއްޖެއަށް ނާދެވޭ ފަރާތްތަކަށް "ސެޕްޝަލް އެކްސްޓެންޝަން"ގެ ހިދުމަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

މިއަދު ފެށި އެ ހިދުމަތުގެ ދަށުން ވޯކް ޕާމިޓް އެންޓްރީ ޕާސް ދޫކުރާތާ 90 ދުވަހުގެ ތެރޭގައި ރާއްޖެއަށް ނާދެވޭ ފަރާތްތަކުން، ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ތާރީހުގެ 48 ގަޑިއިރު ކުރިން އެ ހާއްސަ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.

ހުއްދައަށް އެދި އީމެއިލް ފޮނުވާނީ[email protected]އަށެވެ.