22 May 2021, 23:00
ހުއްޓުމެއްނެތި ރާއްޖޭގެ ރަށްތަަކަށް ކޮވިޑް ފެތުރި، މިވަގުތު 70 ރަށް ފުރަބަންދު ހާލަތުގައި އޮތް ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ޖުމްލަ 189 ރަށް އޮންނަ އިރު، 38 ޕަސަންޓު ރަށް އޮތީ ކޮވިޑް ގޭސްތަކާ ގުޅިގެން އަރާ ފޭބުން މަނާކޮށްފަ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި ހިނގާ މެއި މަހު އެކަނި 56 ރަށެށް މޮނީޓަރިން ހާލަތަށް ގެނެސްފައިވެ އެވެ. ވޭތުވެދިޔަ ތިން ދުވަހު އެކަނިވެސް އަށް ރަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވެ އެވެ. އެގޮތުން ބުރާސްފަތި ދުވަހު ތިން ރަށް، އިއްޔެ ތިން ރަށް އަދި މިއަދު ދެ ރަށް މޮނީޓަރިން ހާލަތައް ގެނެސްފައިވެ އެވެ. މިއަދު މޮނީޓަރިން ހާލަތަށް ގެނެސްފައި ވަނީ، ތ. ކިނބިދޫ އަދި މ. މުލައް އެވެ.
އެންމެ ގިނަ އަދަދަކަށް މޮނީޓަރިން ހާލަތުގައި އޮތީ މަލެ އަތޮޅު އަދި ލ. އަތޮޅުގެ ރަށްތަކެވެ. މާލެ އަތޮޅުން ހިންމަފުށި ފިޔަވައި ހުރިހާ ރަށެއް މިވަގުތު އޮތީ މޮނީޓަރިން ހާލަތުގަ އެވެ. އެގޮތުން މާލެ އަތޮޅުން އެކަނި އަށް ރަށް މޮނީޓަރިން ހާލަތުގައި އެބަ އޮތެވެ. އަދި ލ. އަތޮޅުން އަށް ރަށެށް މޮނީޓަރިން ހާލަތުގައި އެބަ އޮތެވެ.
ފުރަބަންދުގައި އޮތް ރަށްތައް ތާރީހާއެކު:
ޅ. ނައިފަރު - މާޗް 23
- އދ. މާމިގލި - އެޕްރީލް 4
- ތ. ވޭމަންޑޫ - އެޕްރީލް 9
- ތ. މަޑިފުށި - އެޕްރީލް 16
- ބ. އޭދަފުށި - އެޕްރީލް 19
- ކ. ހިންމަފުށި - އެޕްރީލް 19
- ކ. ގުޅި - އެޕްރީލް 20
- ކ. މާފުށި - އެޕްރީލް 20
- އއ. މަތިވެރި - އެޕްރީލް 21
- ލ. މާންދޫ - އެޕްރީލް 23
- ލ. ގަން - އެޕްރީލް 24
- ލ. ފޮނަދޫ - އެޕްރީލް 24
- ގދ. ތިނަދޫ - އެޕްރީލް 24
- އއ. އުކުޅަސް - އެޕްރީލް 27
- ކ. ތުލުސްދޫ - އެޕްރީލް 27
- ލ. ދަނބިދޫ - އެޕްރީލް 28
- އއ. ރަސްދޫ - އެޕްރީލް 30
- އައްޑޫ ސިޓީ - މެއި 1
- ހއ. ދިއްދޫ - މެއި 1
- ފ. ފީއަލި - މެއި 2
- ކ. ގުރައިދޫ - މެއި 3
- ފ. ނިލަންދޫ - މެއި 5
- ލ. އިސްދޫ - މެއި 5
- ލ. މާވަށް - މެއި 6
- ފުވައްމުލައް ސިޓީ - މެއި 6
- ށ. ޅައިމަގު - މެއި 9
- ރ. ހުޅުދުއްފާރު - މެއި 9
- ގދ. ގައްދޫ - މެއި 9
- ބ. ތުޅާދޫ - މެއި 9
- ވ. ފުލިދޫ - މެއި 9
- އދ. މާހިބަދޫ - މެއި 10
- ރ. މަޑުއްވަރީ - މެއި 10
- އއ. ފެރިދޫ - މެއި 11
- ހދ. ކުޅުދުއްފުށި - މެއި 11
- ށ. ކަޑިތީމް - މެއި 11
- ށ. ގޮއިދޫ - މެއި 11
- ކ. ކާށިދޫ - މެއި 11
- ދ. ކުޑަހުވަދޫ - މެއި 12
- ގއ. ދާންދޫ - މެއި 12
- ޅ. ހިންނަވަރު - މެއި 12
- ގއ. ގެމަނަފުށި - މެއި 13
- ދ. ބަނޑިދޫ - މެއި 13
- ނ. ކެނދިކުޅުދޫ - މެއި 14
- ތ. ގުރައިދޫ - މެއި 14
- ދ. ހުޅުދެލި - މެއި 14
- ވ، ކެޔޮދޫ - މެއި 15
- ތ. ތިމަރަފުށި - މެއި 15
- ގއ. ވިލިނގިލި - މެއި 15
- ލ. ކަލައިދޫ - މެއި 15
- އއ. ބޮޑުފޮޅުދޫ - މެއި 15
- ނ. މިލަންދޫ - މެއި 15
- ނ. މާޅެންދޫ - މެއި 15
- ދ. މާއެނބޫދޫ - މެއި 16
- ކ. ދިއްފުށި - މެއި 16
- ލ. މާމެންދޫ - މެއި 17
- ގދ. ވާދޫ - މެއި 17
- ބ. ދަރަވަންދޫ - މެއި 18
- ހއ. މުރައިދޫ - މެއި 18
- ރ. އުނގޫފާރު - މެއި 19
- ކ. ގާފަރު - މެއި 19
- ނ. ލަންދޫ - މެއި 19
- ފ. ބިލެތްދޫ - މެއި 19
- ޅ. އޮޅުވެލިފުށި - މެއި 20
- ށ. މިލަންދޫ - މެއި 20
- މ. މުލި - މެއި 20
- ތ. ހިރިލަންދޫ - މެއި 21
- ރ. ރަސްމާދޫ - މެއި 21
- ވ. ފެލިދޫ - މެއި 21
- ތ. ކިނބިދޫ - މެއި 22
- މ. މުލަށް - މެއި 22
މޮނީޓަރިންގައި އެންމެ ގިނަ ދުވަސް ވެފައިވަނީ ޅ. ނައިފަރެވެ. އެ ރަށް މިދިޔަ މާޗް 23އިން ފެށިގެން އޮތީ އަރާ ފޭބުން މަނާކޮށްފަ އެވެ.
މިއަދު ރާއްޖެއިން 1900އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، ރަށްތަކުން 431 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އިއްޔެ ރަށްތަކުން 571 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.