22 May 2021, 21:52
ކޮވިޑް ޖެހިގެން އުމުރުން 39 އަހަރުގެ މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ތިން ވަނަ މަރެވެެ.
އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 123އަށް އަރާފައެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، އެ މީހާ މަރުވެފައި ވަނީ މިރޭ 8:25ގައި ކަމަށެވެ. އަދި އެނާއަކީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއަދު މަރުވި މީހުންގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމްވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީޙުން އަދަދު އުޅެނީ 22،000 އިން މަތީގަ އެވެ. ހޮސްޕިޓަލުގައި އެޑްމިތްކޮށްގެންވެސް 300 އެއްހާ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.