22 May 2021, 18:23
ގިނަ ދުވަސްތަކެއް ވަންދެން ގާނޫނީ މަސައްކަތުގައި އުޅުއްވި ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް ކޮވިޑް ބަލީގައި ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވެފައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.
އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 59 އަހަރުގެ ފިރިހެނެއް މިއަދު 4:15 ހާއިރު ނިޔާވެފައި ވާ ކަމަށެވެ. އެއީ ކޮވިޑުގައި ނިޔާވި 122 ވަނަ މީހާ އެވެ. މިއަދު ނިޔާވި ތިން ވަނަ މީހާ އެވެ.
ގާނޫނީ ވަކީލު ޒަނީނަކީ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ބައެއް ސިޔާސީ މައްސަލަތަކާއި ބޮޑެތި ޖިނާއީ މައްސަލަތައް ހިމެނެ އެވެ.