ހުޅުމާލޭ ގެއެއްގެ ދެވަނަ ފަންގިފިލާ ގައި އޭސީ އެއް ހަރުކުރަން އުޅުނު މީހަކު ވެއްޓި ޒަހަމްވެއްޖެ އެވެ.

ގުލްޗަމްޕާ މަގަށް ވާގޮތަށް އެމީހާ ވެއްޓނުނު ވަގުތު ބައެއް ދަތްތައްވެސް ވަނީ ނައްޓައިގެން ގޮސްފަ އެވެ. އެމީހާ އަށް ފަރުވާ ދިނުމަށް ވަގުތުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭސީގެ އައުޓް ޑޯ ޔުނިޓުގެ މަސައްކަތެއް ކުރަން އުޅެނިކޮށް ވެއްޓި ޒަހަމްވީ ބިދޭސީ އެކެވެ. އޭނާގެ އަނގައިން ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި އިރު، ބައެއް ދަތްތައްވެސް މަގުމަތީ ހުއްޓެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މަސައްކަތް ކުރަނީ އެސްޓީއޯ އިން ސަބް ކޮންޓްރެކްޓް ނަގައިގެން މަސައްކަތް ކުރާ ކުންފުންޏަކުންނެވެ.

ހުޅުމަލެ ހޮސްޕިޓަލުން ބުނީ އެފަދަ ހާސިސާއެއް ހިނގައިގެން ހޮސްޕިޓަލަށް މީހަކު ގެންދިޔަ ކަމުގެ މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.