22 May 2021, 15:47
މާފަންނު ބޮޑުގޭގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ބޮޑުގޭގައި ހުންނަ މިސްކިތާ އިންވެގެން ހަދާ އެ ޕާކިން ޒޯނުގެ މަސައްކަތް ފައްޓަވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ސައިކަލަށް ހާއްސަ އެ ޕާކިން ޒޯނާއެކު އެ ސަރަހައްދުގެ މީހުންނަށް ފަސޭހަ ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ޕާކިން ޒޯނު ހަދަނީ މިސްކިތުގެ އުތުރު ފާރު ތަޅައިލުމަށްފަހު އެތަނަށް ވަދެވޭ ގޮތަށެވެ.
މާލޭގެ މޭޔަރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާނެ ކަންތައް ބައްލަވައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ކަންތައް ބައްޓަން ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
މާލޭގެ މަގުތަކަށް ޒަމާނީ ބަދަލު ގެނެސް، ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް މަގުތައް ހަދައިދިނުމަކީ މުއިއްޒުގެ ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.