ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 48 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އެމީހާ މަރުވީ މިއަދު 12:02 ހާއިރު ކަމަށެވެ.

މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި 121 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވެ ބަލީގައި ބޮޑުވަރުވާ އަދި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ 52،000 ހުރަސްކޮށްފައިވާއިރު މިހާރުވެސް 21،000 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. 286 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.