ފުލުހުން ހައްޔަރު ކުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އެޗްޕީއޭގެ ބެލުުމުގެ ދަށުން ކޮވިޑް ފެސިލިޓީ އަށް ގެންދަނިކޮށް ފިލައިފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ހައްޔަރު ކުރި އެ ދެމީހުން ކޮވިޑް އަށް ޕޮޒިޓިިވް ކަމަށެވެ.

އެ ދެ މީހުން ފިލާފައިވަނީ ބަންދުން ދޫކޮށްލުމަށްފަހު، އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީ އަށް ގެންދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮވިޑު ފެސިލިޓީ އަށް ގެންދިޔަ މަގުމަތީ ފިލާފައިވާ ދެ މީހުންނާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.