22 May 2021, 02:25
މ. އެންދެރިކުރި ގޭގެ ފަސްވަނަ ބުރިން މީހަކު ވެއްޓިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.
އެންދެރިކުރި ގެއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެއާ އިންވެގެން ހުންނަ ގެ އެކެވެ. އެ ސަރަހައްދުން ވާހަކަ ދެއްކި ދެމީހަކު ބުނިގޮތުން އެމީހާ ވެއްޓުނީ އެގޭގެ ފަސްވަނަ ބުރިންނެވެ. އޭނާ ވެއްޓި ޖެހުނު ދިމާލުގައި ލޭ ހުރިތަން އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިޔާއަށް ވަނީ ފެނިފަ އެވެ.

މީހަކު ވެއްޓުނު އިމާރާތް — ސަންފޮޓޯ/ މުޒައްޔިން ނާޒިމް
އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ އޮފިސަރުން ކަމަށް އެސަރަހައްދުން ވާހަކަދެއްކި މީހަކު ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މާލޭ އިތާ ގޯޅީގައި ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވެއްޓިފައި އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 1:00 ގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވެެއްޓިފައި އޮއްވައި ފެނިފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެއް ކަމަށެވެ.
ރޭ ހުޅުމާލޭގައިވެސް ހަމަ މިފަދަ ހާދިސާއެއް ހިނގާފަ އެވެ. ގެއެއްގެ ތިންވަނަ ބުރިން ވެއްޓުނު އެމީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.