21 May 2021, 20:55
އަނެއްކާވެސް މިއަދު އިތުރު މީހަކު މަރުވެ، ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 120 އަށް އަރައިފި އެވެ.
މިއީ މިއަދުގެ ހަތަރު ވަނަ މަރެވެ. މިފަހަރު މަރުވީ، އުމުރުން 57 އަހަރުގެ މީހެކެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް އެމީހާ މަރުވެފައި ވަނީ، މިރޭ 7:46ގައި ކަމަށެވެ.
މިއަދު މަރުވި ހަތަރު މީހުނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ހަތަރު މީހުނެވެ.
މިއަދުގެ ފުރަތަމަ މަރަކީ، 77 އަހަރުގެ މީހެކެވެ. އޭނާ މަރުވީ، ފަތިހު 4:06ގައެވެ. ދެވަނައަށް މަރުވި، 80 އަހަރުގެ މީހެކެވެ. އޭނާ މަރުވީ، ހެނދުނު 10:54ގައެވެ. އުމުރުން 56 އަހަރުގެ މީހާ މަރުވީ، މެންދުރު 3:45ގައި އެވެ. އެއީ މިއަދުގެ ތިން ވަނަ މަރެވެ.
ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު މިހާރު 20،000 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.